Jump to content

ވައި ނޮޅި

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ވައި ނޮޅި
Conducting passages.
Laryngoscopic view of interior of larynx. (Trachea labeled at bottom.)
Gray's subject #237 1084
Artery tracheal branches of inferior thyroid artery
MeSH Trachea

ވައި ނޮޅި ނުވަތަ (އިނގިރޭސި ބަހުން: trachea) އަކީ ނޭވާލާ ނިޒާމް ގައި އަޑު ފޮށި އިން ފެށިގެން ވައި ނޮޅީގެ ކަފިއާއި ހަމައަށް އިންނަ ނޭވާ ދައުރުކުރާ ހޮޅިއެކެވެ. ނޭފަތުން އެތެރެއަށް ވަން އޮކްސިޖަން ފުއްޕާމޭއާ ހަމައަށް ވާޞިލްވުމުގެ ތެރޭގައި ވައިދައުރުކުރަނީ މިހޮޅީގެ ތެރެއިންނެވެ. އެތެރޭގެ ދިގު ހުރަސް މިނުގައި 25-20 މިލިމީޓަރު ހުންނަ މިހޮޅީގެ ދިގުމިނުގައި 16-10ސެންޓިމީޓަރު ވަރު ހުރެއެވެ. ވައި ނޮޅީގެ އެޕިތީލިއަމްގެ ވައްތަރަކީ ސޫޑޯސްޓްރެޓިފައިޑް ސިލިއޭޓެޑް ކޮލަމްނާ އެޕިތީލިއަމް(Pseudostratified ciliated columner epiththelium) އެވެ. މީގެ އިތުރުން ވައި ނޮޅީގެ ތެތް ދުލިފަށަލައިގައިވާ ގޮބްލެޓް ސެލް(goblet cell) ތަކުން ދަވަ ބޭރުކުރެއެވެ. ކުރިން ބުނި އެޕިތީލިއަމް އަކީ ނަރުވާ އެކުލެވޭ އެޕިތީލިއަމް އެއް ކަމަށްވުމުން ވައި ނޮޅީގެ ތެރެއަށް ހަށިގަނޑާ ބީރައްޓަހި މާއްދާއެއް ވާޞިލްވެއްޖެނަމަ އެނަރުވާ ތަކުގެ އެހީގައި މައްޗަށް ގެންގޮސް އަޑު ފޮށި ހުރަސްކޮށް އަރުތެރެ އަށް ފޮނުވާލައެވެ. އެއަށްފަހު އަރުން އެދިރުވާލުމުން މައިދާއަށް ވާޞިލްވެ ނެތިދެއެވެ.

ވައި ނޮޅީގެ މަތިން ތިރިއަށް ސީ އަކުރުގެ ބައްޓަމަން(C-shaped) ހުންނަ މަޑުކަށިން އުފެދިފައިވާ ބުރު ނުވަތަ ރިންގް ތަކެއް ހުރެއެވެ. މިރިންގް ތަކުގެ އަދަދު އުޅެނީ 20-15 އާދެމެދުގައެވެ. މި ރިންގްތަކުގެ ބޭނުމަކީ ނޭވާ ހިގާ މަގު ފިތުނަނުދީ ރައްކާތެރިކަމާއެކު ބެހެއްޓުމަށް އެހީތެރިވުމެވެ.

pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy