Jump to content

ދޫ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
Tongue
A human tongue
Latin lingua
Gray's subject #242 1125
Artery lingual, tonsillar branch, scending pharyngeal
Vein lingual
Nerve lingual nerve
Precursor pharyngeal arches, lateral lingual swelling, tuberculum impar[1]
MeSH Tongue
Dorlands/Elsevier l_11/{{{DorlandsSuf}}}


ދޫ(އިނގިރޭސި ބަހުން: Tongue) އަކީ އަނގައިގެ ތެރޭގައި ހަރަކާތްކުރާ، ކަށި މަސް އިން އުފެދިފައިވާ ބޮޑު ބަންޑަޅިއެއް ފަދަ އެއްޗެކެވެ. ނުވަތަ މިއީ ތެތް ދުލިފަށް(އިނގިރޭސި ބަހުން: Mucosa) އިން ނިވާކުރެވިފައިވާ ކަށިމަހުގެ ބޮޑިވަރެކެވެ. ކާތަކެތި ހަފައި ދިރުވުމުގައި މުހިއްމު ދައުރެއް އަދާކުރާ ދުލަކީ ރަހަ އިހްސާސްކޮށް ބަލައި ހެދުމުގައި މަސްއޫލުވާ އަސާސީ ގުނަވަނެކެވެ. ދުލުގެ ސަތަހައިގެ ބޮޑުބައެއް ވަނީ ރަހަ ބުޑު(އިނގިރޭސި ބަހުން: Taste buds) ތަކުން ފޮރުވިފައެވެ. ހަމަމިހެން އަޑުއުފައްދައި ވާހަކަ ދެއްކުމުގައި ވެސް ދުލަކީ މުހިއްމު ގުނަވަނެކެވެ.

ދުލުގެ ހަރަކާތްތައް ހިންގުމަށްޓަކައި، ތަފާތު ލޭހޮޅި ތަކާއި، ނާރުތައް ދުލާއި ގުޅިފައިވެއެވެ. ދޫ ތެތްކޮށް އޮންނަނީ އަނގައިގެ ތެރޭގައި ހުންނަ ކުޅު ބޭރުކުރާ ގޮށް ތަކުން ބޭރުކުރާ ކުޅުގެ ސަބަބުންނެވެ. ބައެއް ފަހަރު ދުލަކީ ހަށިގަނޑުގައިވާ އެންމެ ބާރުގަދަ މަސްކޮޅު ނުވަތަ މަސްގަނޑު ކަމުގައި ބެލެވެއެވެ.


އަނގަތެރޭގައިވާ ދުލުގެ ބައި

[އުނިއިތުރު ގެންނަވާ]

ދުލުގެ މަތިން ކުރިމަތީ ބައި އަކީ އަނގަ ތެރޭގައި އިންނަ ބައެކެވެ. އެއީ ދުލުގެ ކުރިމަތީ ތިންބައިކުޅަ ދެބައެވެ. މިބައިގެ ހަރަކާތް ކޮންޓްރޯލްކުރަނީ ޓްރައިޖެމިނަލް ނާރު އިން އައިސްފައިވާ ލިންގުއަލް ނާރު އިންނެވެ. މިބައިގެ ސަތަހައިގައި ގިނަ އަދަދަކަށް ފިލިފޯރމް ޕެޕިލާ(އިނގިރޭސި ބަހުން: Filiform papilla) ހުރެއެވެ. އަދި ކޮންމެވެސް ވަރަކަށް ފަންގައިފޯރމް ޕެޕިލާ(އިނގިރޭސި ބަހުން: Fungiform papilla) ވެސް ހުރެއެވެ. އަދި މީގެ އިތުރުން ދުލުގެ އަނގައިގެ ތެރޭގައިވާ ބައި އަދި ދުލުގެ އަރުތެރޭ ގައިވާ ބައި ވަކިކޮށްދޭ ސަލްކަސް ޓާމިނާލިސް ޖެހިގެން ސާކަމްވަލޭޓް ޕެޕިލާ(އިނގިރޭސި ބަހުން: Circumvallate papilla) ހުރެއެވެ. އަދި ފޮލިއޭޓް ޕަޕިލާ(އިނގިރޭސި ބަހުން: Foliate papilla) ވެސް ހުރެއެވެ. ފިލިފޯރމް ޕެޕިލާ ފިޔަވައި ދެންހުންނަ ހުރިހާ ވައްތަރެއްގެ ޕެޕިލާގައިވެސް ރަހަ ބުނޑުތައް ހުރެއެވެ.

ދުލުގެ އަނގަ ތެރޭގައިވާ ބައި(އިނގިރޭސި ބަހުން: Oral part) އާއި، ދުލުގެ އަރުތެރޭގައިވާ ބައި(އިނގިރޭސި ބަހުން: Pharyngeal part) ވަކިކޮށްދެނީ ވީ އަކުރެއްގެ ބައްޓަމަށް އިންނަ އަޑި ކޮޅެކެވެ. މިއަޑިކޮޅަށް ކިޔަނީ ސަލްކަސް ޓާމިނާލިސް އެވެ.

އަރުތެރޭގައިވާ ދުލުގެ ބައި

[އުނިއިތުރު ގެންނަވާ]

ދުލުގެ މަތިން ފަހަތު ބައި އަކީ އަރު ތެރެގައި އިންނަ ބައެކެވެ. އެއީ ދުލުގެ ފަހަތު ތިންބައިކުޅަ އެއްބައެވެ. މިބައިގެ ހަރަކާތް ކޮންޓްރޯލް ކުރަނީ ގްލަސޯފެރިންޖީއަލް ނާރު އިންނެވެ. މިބައިގެ ސަތަހައިގައި ޕެޕިލާ ތަކެއް ނުހުރެއެވެ. މިބައިގައި ލިމްފޮއިޑް ޓިޝޫ ތައް ޖަމާވެގެން ދުލުގެ ޓޮންސިލް އުފެދިފައި އިނދެއެވެ.

ދުލުގެ އަނގަ ތެރޭގައިވާ ބައި(އިނގިރޭސި ބަހުން: Oral part) އާއި، ދުލުގެ އަރުތެރޭގައިވާ ބައި(އިނގިރޭސި ބަހުން: Pharyngeal part) ވަކިކޮށްދެނީ ވީ އަކުރެއްގެ ބައްޓަމަށް އިންނަ އަޑި ކޮޅެކެވެ. މިއަޑިކޮޅަށް ކިޔަނީ ސަލްކަސް ޓާމިނާލިސް އެވެ.

ދުލުގެ ދަށް އިންނަނީ ތިރީ ތަލީގައި ނުވަތަ ދުލުގެ ތަޅުމުގައި ޖެހޭގޮތަށެވެ. ނުވަތަ ބީހޭ ގޮތަށެވެ. މިބައި ނިވާކުރެވިފައިވަނީ އެތެރެ ފެންނަ ސާފު ތެތް ދުލިފަށް އަކުންނެވެ. ދުލުގެ ދަށުގައި އެކިވައްތަރުގެ ޕެޕިލާ ތަކެއް ނުހުރެއެވެ. ދުލުގެ ދަށުން މެދުގައިވާ ފޯލްޑް އަށް ކިޔަނީ ލިންގުއަލް ފްރެނިޔުލަމް އެވެ.


ދުލުގެ ސަތަހަތައް

[އުނިއިތުރު ގެންނަވާ]

ދުލުގެ ސަތަހަތައް ތިރީގައި މިވަނީ އެވެ.

  • ދުލުގެ ކޮޅު އަދި އަރިމަތި: މިބައި އޮންނަނީ އަރިމައްޗާއި މެދުގެ ދަތްތަކާއި، ހިރުގަނޑުގައި ޖެހިފައެވެ.
  • ދުލުގެ މަތި: މިބައި އޮންނަނީ މަތީ ތަލި ނުވަތަ ހަރު ތަލި އާއި ކުރިމަތިވާގޮތަށް މައްޗަށެވެ.
  • ދުލުގެ ދަށް: މިބައި އޮންނަނީ ތިރީ ތަލީގައި ޖެހޭގޮތަށެވެ.
  • ދުލުގެ މޫ: މިބައި އިންނަނީ އަނގައިގެ ތަޅުމުގައި ތަތްވެފައެވެ.


ދުލުގެ ވަޒީފާ

[އުނިއިތުރު ގެންނަވާ]
  • ކާތަކެތި ހެފުމުގައި ދޫ ބައިވެރި ވެއެވެ.
  • ކާތަކެތި ދިރުވުމުގައި ދޫ ބައިވެރި ވެއެވެ.
  • ވާހަކަ ދެއްކުމުގެ ތެރޭގައި ދޫ ހަރަކާތް ކުރަން ޖެހެއެވެ.
  • ރަހަ ބެލުމުގައި ދުލުގެ ބޭނުން ހިފަން ޖެހެއެވެ. އެގޮތުން އެންމެ އަސާސީ ރަހަތައް ދުލުގެ އެހީގައި ބެލެއެވެ. އޭގެތެރޭގައި ފޮނިރަހަ، ހުތްރަހަ، ހިތިރަހަ، އަދި ލޮނުރަހަ ހިމެނެއެވެ.


ދުލުގެ މަސްތައް

[އުނިއިތުރު ގެންނަވާ]

ދުލުގައި ދެވައްތަރެއްގެ މަސްތައް ހުރެއެވެ. އެއީ ދުލުގެ ތެރޭގައި ހުންނަ އިންޓްރިންސިކް މަސްތައް އާއި، އަދި ދުލާއި އެހެން ބައިތަކާއި ދެމެދުގައިވާ އެކްސްޓްރިންސިކް މަސްތައް އެވެ.

އެކްސްޓްރިންސިކް މަސްތައް އަކީ ދުލުން ބޭރު ބައިތަކުން ފެށިގެން ދުލަށް އައިސްފައިވާ މަސްތަކެވެ. އެގޮތުން އެކްސްޓްރިންސިކް މަސްތަކުގެ 4 ޖޯޑު މަސް ހުރެއެވެ. އެކްސްޓްރިންސިކް މަސްކޮޅު ތަކުގެ އެހީގައި، ދޫބޭރަށްނެރެ، އެތެރެއަށް ޖައްސައި، މައްޗަށް އުފުލައި، ތިރިކޮށް ހަދައެވެ.

  • ޖީނިއޯ ގްލަސަސް: ދޫ ބޭރަށްނެރެ، ދުލުގެ މެދު ތިރިކޮށް ހަދައިދެއެވެ.
  • ހަޔޯ ގްލަސަސް: ދޫ ތިރިކޮށްލުމުގައި ބައިވެރިވެއެވެ.
  • ސްޓައިލޯ ގްލަސަސް: ދޫމައްޗަށް އުފުލައި، ދޫ ފަހަތަށް ޖައްސައިދެއެވެ.
  • ޕަލަޓޯ ގްލަސަސް: މަޑު ތަލި އާއި، ކުޑަ ދޫ ތިރިއަށް ޖައްސައިދީ، އަދި ޕަލަޓޯ ގްލަސަލް ފޯލްޑް މެދު ރޮނގާއި ދިމާލަށް ގެންގޮސްދީ، ދުލުގެ ފަހަތް މައްޗަށް އުފުލައިދެއެވެ.

އިންޓްރިންސިކް މަސްތައް އަކީ ދުލުގެ އެއް ހިސާބުން ފެށިގެން އަނެއް ހިސާބަށް ނިމިފައި ދުލުގެ ތެރޭގައި ހުންނަ މަސްކޮޅު ތަކެވެ. އިންޓްރިންސިކް މަސްތަކުގެ ވެސް 4 ޖޯޑް ހުރެއެވެ. މިމަސްތަކުގެ އެހީގައި ދުލުގެ ބައްޓަށް ދޫކުރުކޮށްގެންނާއި، ދޫދިގުކޮށްގެން ބަދަލުކުރުވައެވެ.

  • ސްޕިރީއާ ލޮންޖިޓޫޑިނަލް މަސްކޮޅު:
  • އިންފިރީއާ ލޮންޖިޓޫޑިނަލް މަސްކޮޅު:
  • ވާޓިކާލިސް މަސްކޮޅު:
  • ޓްރާންސްވާރސް މަސްކޮޅު:


ދުލުގެ ޕެޕިލާ ތަކާއި، ރަހަ ބުނޑުތައް

[އުނިއިތުރު ގެންނަވާ]

ދުލުގެ އަނގަތެރޭގައިވާ ބައި ފޮރުވިފައިވަނީ ތަފާތު 4 ވައްތަރެއްގެ ޕެޕިލާ ތަކުންނެވެ. އެވައްތަރު ތަކަކީ، ފިލިފޯރމް ޕެޕިލާ، ފަންގައިފޯރމް ޕެޕިލާ، ސާކަމްވަލޭޓް ޕެޕިލާ، އަދި ފޮލިއޭޓް ޕެޕިލާ އެވެ. ފިލިފޯރމް ޕެޕިލާ ފިޔަވައި ދެންހުރި ހުރިހާ ވައްތަރެއްގެ ޕެޕިލާގައި ވެސް ރަހަ ބުނޑުތައް ހުރެއެވެ.

ޕެޕިލާ ތަކުގެ ތެރެއިން އެންމެ ބޮޑުކޮށް ހުންނަނީ ސާކަމްވަލޭޓް ޕެޕިލާ އެވެ. ދުލުގެ އަނގަ ތެރޭގައިވާ ބައި އާއި، ދުލުގެ އަރުތެރޭގައިވާ ބައި ވަކިކޮށްދޭ ސަލްކަސް ޓާމިނާލިސް ގެ ކުރިމަތިން އެދެބައި ވަކިކޮށްދޭ ބޯޑަރެއްގެ ސިފައިގައި ސާކަމްވަލޭޓް ޕެޕިލާ ތައް އެތުރިފައި ހުރެއެވެ. ސަލްކަސް ޓާމިނާލިސް ގެ ކުރިމަތިން ވީއަކުރުގެ ބައްޓަމަން ވާގޮތަށް 14-8 އާއި ދެމެދުގެ އަދަދަކަށް ސާކަމްވަލޭޓް ޕެޕިލާތައް ހުރެއެވެ.


ދުލަށް ލޭފޯރުކޮށްދިނުން

[އުނިއިތުރު ގެންނަވާ]

ދުލަށް ލޭފޯރުކޮށްދެނީ އެކްސްޓަރނަލް ކެރަޓިޑް އާޓަރީ އިން އައިސްފައިވާ ލިންގުއަލް އާޓަރީ އިންނެވެ. މިލޭހޮޅިން އުފެދިފައިވާ ތަފާތު ކުދި ގޮފިތަކުން ދުލުގެ އެކި ހިސާބުތަކަށް ލޭފޯރުކޮށްދެއެވެ.


ދުލުގެ ހަރަކާތްތައް ކޮންޓްރޯލްކުރާ ނާރުތައް

[އުނިއިތުރު ގެންނަވާ]
  • ދުލުގެ ހުރިހާ މަސްތަކުގެ ހަރަކާތް ކޮންޓްރޯލްކުރަނީ ހައިޕަގްލަސަލް ނާރު އިންނެވެ.
  • ދުލުގެ ކުރިމަތީ ތިންބައިކުޅަ ދެބައިގެ ހަރަކާތް ކޮންޓްރޯލް ކުރަނީ ޓްރައިޖެމިނަލް ނާރު އިން އައިސްފައިވާ ލިންގުއަލް ނާރު އިންނެވެ.
  • ދުލުގެ ފަހަތު ތިންބައިކުޅަ އެއްބައިގެ ހަރަކާތް ކޮންޓްރޯލް ކުރަނީ ގްލަސޯފެރިންޖީއަލް ނާރު އިންނެވެ.


ދުލުގެ ބަލިތައް

[އުނިއިތުރު ގެންނަވާ]
  • ހުދު ދޫ
  • ރީނދޫ ދޫ
  • ކަޅު ދޫ
  • ކުރު ދޫ
  • ދޫ ދުޅަވުން
  • ދުލުގައި ފަންގަސް ޖެހުން
  1. ފަންވަތް:EmbryologyUNC
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy